މިދިޔަ މަހު ވޭޕު ޖޫރިމަނާއިން 127،000ރ. ހޯދައިފި

އަދަދު

5 އޯގަސްޓު 2025 | އަންގާރަ | 3:08

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ވޭޕް ބޭނުންކޮށް، ގެންގުޅެ އަދި ވިއްކުމުގެ ތުހުމަތުގައި 22 މީހަކު މިދިޔަ ޖުލައި މަހު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހު ވޭޕާއި ގުޅޭ ތަފާތު 15 މައްސަލައެއްގައި 22 މީހަކު ޖޫރިމަނާކުރީ 127،000ރ. އިން ކަމަށެވެ.

އޭގެ ތެރެއިން 62،000ރ. އަކީ ވޭޕް ބޭނުންކޮށްގެން އަދި 7،000ރ. އަކީ ވޭޕް ވިއްކައިގެން ޖޫރިމަނާ ކުރެވުނު އަދަދު ކަމަށް ފުލުހުން ބުންޏެވެ. އެ އިދާރާއިން އިތުރަށް ބުނީ ވޭޕް ގެންގުޅެގެން ޖުރީމަނާކުރި އަދަދަކީ 58،000ރ. އެވެ.

މައުޟޫޢުތަށް