ވައުދުވި ގޮތަށް އަހަރެއް ތެރޭގައި ބިން ލިބުނު ތަންތަން ހިއްކާ ނުނިމޭތީ ޔޫނިއަންގެ ކަންބޮޑުވުން
އަދަދު
5 އޯގަސްޓު 2025 | އަންގާރަ | 4:43
ރައީސް މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް ކުރީ ސަރުކާރުން ބިން ލިބުނު ރައްޔިތުންނަށް ބިން ލިބުނު ތަންތަން އެއް އަހަރު ދުވަސް ތެރޭގައި ވެސް ހިއްކާ ނިމިފައި ނުވާތީ ހުޅުމާލެ ފޭސް 3 ގެ ޔޫނިއަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ހުޅުމާލެ ފޭސް 3 ޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޔޫނިއަންގެ ލޯޔަރު އަލީ ހުސައިން ވިދާޅުވީ މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކުރީ ސަރުކާރުން ދީފައި ހިއްކާފައި ނެތް ސަރަހައްދުތަކުން ގޯތި ދީފައި ހުރުމުން އެ ތަންތަން އަހަރެއް ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ވައުދުވި ކަމަށެވެ.
"ހިއްކަން ޖެހޭ ތަންތަނުން ގޯތި ލިބިފައިވާ މީހުންގެ ފަރާތުން އަޅުގަނޑުމެން މި ބުނާ ވާހަކައަކީ ރައީސް މުއިއްޒު އެބަ އޮތޭ އެހެން ވައުދެއް ވެސް ވެެވަޑައިގަންނަވާފައި. އެ ވައުދަކީ ވެރިކަމަށް ވަޑައިގަންނަވާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ހިއްކަން ޖެހޭ ހުރިހާ ތަނެއް، އެއީ ކުރީ ސަރުކާރުން ހަގީގަތުގައި ދިފައި ހުރި ނުހިކި ހުރި ގޯތިތައް ހިއްކާ ނިންމާނަމޭ،" އޭނާ ވިދާޅުވި އެވެ.