މައްސަލަ ތަހުގީގު ކުރާތާ އަހަރެއް ވީއިރު ވެސް ޝުޖާއުއާ ސުވާލެއް ނުކުރޭ
އަދަދު
6 އޯގަސްޓު 2025 | ބުދަ | 10:41
ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަނީ ލޯންޑާކޮށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ޝުޖާއުއާ ސުވާލެއް ވެސް ކޮށްނުލަ އެވެ.
ޝުޖާއު އަދަދު ނޫހަށް ވިދާޅުވީ މާނީ ލޯންޑަކޮށް، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ކުރެވޭ ތުހުމަތުގައި އެއްވެސް އިދާރާއަކުން މިހާތަނަށް އޭނާއާ ސުވާލެއް ކޮށްފައި ނެތް ކަމަށެވެ.
ޕީއެންސީގެ ބާރުގަދަ މެންބަރެއްގެ ގޮތުގައި ހުންނެވި ޝުޖާއުގެ މައްސަލަތަކެއް ތަހުގީގު ކުރީ މަރުކަޒީ ބޭންކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުންނެވެ.