ރައީސްގެ ގަރާރަކުން ރަންފަރު ފަޅު މާޅޮހަށް ދީފި

އަދަދު

6 އޯގަސްޓު 2025 | ބުދަ | 6:27

އއ. އަތޮޅުގައި އޮންނަ ރަންފަރު ފަޅަކީ އެ އަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ކަނޑައަޅައިފި އެވެ.

ރަންފަރަކީ މާޅޮހާ ޖެހިގެން އޮންނަ ބޮޑު ފަޅެކެވެ. އެ ފަޅުގައި ގާތްގަނގަނޑަށް 30 ކިލޯމީޓަރު ހުރެ އެވެ. މާޅޮހުގެ ބޮޑުމިނަކީ ގާތްގަނޑަކަށް އެއް ކިލޯމީޓަރެވެ.

ރަންފަރު ފަޅަކީ މާޅޮހުގެ ރައްޔިތުން މިހާރު ވެސް ބޭނުން ކުރަމުން އަންނަ ފަޅެކެވެ. އެގޮތުން ވެލި ނެގުން ފަދަ ކަންކަން އެ ފަޅުން ކުރާ ކަމަށް މައުލޫމާތު ލިބެ އެވެ.

މައުޟޫޢުތަށް