އޮޓޮޕްސީ ހަދަން މޫސަގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިފި
އަދަދު
7 އޯގަސްޓު 2025 | ބުރާސްފަތި | 8:11
ލ. މާވަށުގައި ޖުލައި 28، ގައި ހިންގި މާރާމާރީގައި ވަޅިން ހަމަލާ ދީ މަރާލި މޫސާ އިބްރާހިމް، 29، ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިއްޔެ ރާއްޖެއިން ބޭރަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ މޫސަގެ މަރުގެ ތަހުގީގަށް ބޭނުންވާ އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް އިންޑިއާ އަށް ފޮނުވާފައިވާ ކަމަށެވެ.
މޫސަގެ ހަށިގަނޑު އާއިލާއާ ހަވާލު ނުކޮށް އޮޓޮޕްސީ ހަދަން ފުލުހުން އުޅޭތީ އެ އާއިލާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.