ޕީއެންސީގެ 14 މެންބަރަކު ގޮނޑި ގެއްލުނަސް ހެޔޮކަމަށް ރައްޔިތުންގެ ފަޅިއަށް އަރާނެ: އައްބާސް
އަދަދު
8 އޯގަސްޓު 2025 | ހުކުރު | 7:43
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 ނުވަތަ 14 މެންބަރަކު، މަޖިލީހުގެ ގޮނޑި ގެއްލުނަސް ހެޔޮ ކަމަށް "ގައުމާއި ރައްޔިތުންގެ ހައްގުގައި" ޕާޓީ ދޫކޮށްލައި ރައްޔިތުންގެ ފަޅިއަށް އަރާނެކަން ޔަގީންވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުދަ ދުވަހު ބޭއްވި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުގައި ސަރުކާރުގެ ސިޔާސަތުތަކާ މެދު މެންބަރުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރެއްވި ކަމަށެވެ.
އެ ބައްދަލުވުމުގެ އޯޑިއޯ ރެކޯޑިން އޮތް ކަމަށް އެހެން ޕޯސްޓެއްގައި އޭނާ ވިދާޅުވެފައިވެ އެވެ.