ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފާސްކުރި އެޕާޓްމަންޓަކުން 242 ވޭޕް ފްލޭވާ ފުޅި ފެނިއްޖެ

އަދަދު

8 އޯގަސްޓު 2025 | ހުކުރު | 1:53

ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުން ބަލައި ފާސްކުރި ހިޔާ ފްލެޓްގެ އެޕާޓްމަންޓަކުން 242 ވޭޕް ފްލޭވާ ފުޅި ރޭ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 އަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން ބަލައި ފާސްކުރި އެޕާޓްމަންޓުން ފެނުނު 242 ވޭޕް ފްލޭވާ ފުޅި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"ހުޅުމާލެ ފޭސް 2 އަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅިތަކެއް ފެނިފައިވޭ. މި މައްސަލައިގައި ޖުމްލަ 242 ވޭޕް ފްލޭވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،" ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް