މިނިސްޓަރުން ނުރުހުނަސް ހައްޖު ކޯޕަރޭޝަންގެ ހޮޓާ ކުރިއަށް ގެންދަނީ ރައީސް ހުއްދަ ދިނުމުން!

އަދަދު

9 އޯގަސްޓު 2025 | ހޮނިހިރު | 8:05

ހައްޖު ކޯޕަރޭޝަންގެ ސިޓީ ހޮޓާ ކުރިއަށް ގެންދަން ބައެއް މިނިސްޓަރުންގެ ނުރުހުނަސް، އެ މަޝްރޫއު އިއުލާނުކޮށް ކުރިއަށް ގެންދަނީ ރައީސް އޮފީހުން ހުއްދަ ދިނުމުންކަން އެނގިއްޖެ އެވެ.

އެފަދަ މަޝްރޫއުއެއް ކުރިއަށް ގެންދިޔުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު މިދިޔަ އަހަރުގެ ޑިސެންބަރު މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވާއިރު، ހައްޖު ކޮޕަރޭޝަނުން ޓޫރިޒަމް ވިޔަފާރިއަށް ވަނުން ރަނގަޅު ނޫން ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މި ހަފުތާގައި ވިދާޅުވެފައިވެ އެވެ.

ޝަހީމް "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހައްޖު ކޮޕަރޭޝަންގެ ކަންކަން އޭނާއާ ހަވާލުކޮށްފައި އޮތަސް، އެ މަޝްރޫއުއާ ގުޅޭ ކަންކަން އޭނާއާ މަޝްވަރާ ކޮށްފައި ވެސް ނެތް ކަމަށެވެ.

މައުޟޫޢުތަށް