ފުލުހުންނަށް އަތުނުވާން ނުރައްކާތެރިކޮށް ދުއްވި ކާރެއްގައި ތިބި ދެ މީހުން ހައްޔަރުކޮށްފި
އަދަދު
10 އޯގަސްޓު 2025 | އާދިއްތަ | 6:54
ރޭ ހުޅުމާލޭގައި ފުލުހުންނަށް އަތުނުވާން ނުރައްކާތެރިކޮށް ދުއްވަމުން ދިޔަ ކާރެއްގައި ތިބި ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރު ކުރީ ކާރު ދުއްވި ފިރިހެން މީހާ އާއި ކާރުގައި އިން އަންހެން މީހާ އެވެ.
ބާރު ސްޕީޑުގައި ދުއްވި އެ ކާރު މާޑުކުރަން އެންގުމުން މަޑުނުކޮށް ހުޅުމާލޭ ފޭސް 1 އަދި 2 ގެ އެކި މަގުތަކުގައި ދުއްވި ކަމަށާއި، އެ ކާރުން ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓައިލި ކަމަށް ވެސް ފުލުހުން ބުނެ އެވެ.