ދެ ކުންފުންޏަކަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ވެމްކޯގެ މައްޗަށް ހުކުމްކޮށްފި
އަދަދު
10 އޯގަސްޓު 2025 | އާދިއްތަ | 11:44
އަމިއްލަ ދެ ކުންފުންޏަކަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވެމްކޯގެ މައްޗަށް ހުކުމްކުރީ ލިއޯ ސްޓޯސް އެންޑް ސަޕްލައި ޕްރައިވެޓް ލިމިޓެޑާއެކު އެ ކުންފުނިން ވެފައިވާ ވިޔަފާރި އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ 3.48 މިލިއަން ރުފިޔާ ދެއްކުމަށެވެ.
މިދިޔަ މެއި 6، ގައި ސިވިލް ކޯޓުގައި ރަޖިސްޓްރީކުރި އެ މައްސަލައިގައި ލިއޯ ސްޓޯސް އެންޑް ސަޕްލައި އިން ވެމްކޯއިން ދައްކަން ޖެހޭ ފައިސާގެ އިތުރުން އިންޓްރެސްޓަށްވާ ފައިސާ ހޯދަން އެދުނު ނަމަވެސް، އެފަދަ ގާނޫނީ އަސާސެއް ލިއޯ ސްޓޯސް އެންޑް ސަޕްލައިއަށް ދެއްކިފައި ނުވާތީ އެ ފައިސާ ނުލިބެ އެވެ.