އިންޑިއާ އައުޓު ހަރަކާތަށް އެންމެ ބޮޑު މާލީ އެހީތެރިކަމެއް ދިނީ މުއިއްޒު:މުހައްމަދު އިސްމާއީލް
އަދަދު
11 އޯގަސްޓު 2025 | ހޯމަ | 7:50
ޕީޕީއެމް/ޕީއެންސީން ހިންގި "އިންޑިއާ އައުޓު" ހަރަކާތަށް އެންމެ ބޮޑު މާލީ އެހީތެރި ކަމެއް ދެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް، އެ ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުއްވި, ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އިންޑިއާ އައުޓު ހަރަކާތް ފެށީ އޭރު އެ ދެ ޕާޓީގެ ލީޑަރަކަށް ހުންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހެޅުއްވި ހުށަހެޅުން ލީޑަޝިޕުން ފާސްކޮށްގެން ކަމަށެވެ.
"ނިންމި ނިންމުން ލީޑަޝިޕުން އަޅުގަނޑުމެން ތަންފީޒުކުރަމުން ގެންދިޔައީ. އަޅުގަނޑު އޭގައި އިސްކޮށް ހުރީ," އޯގަސްޓު 8، 2025 ގައި މެންދުރު ޓީވީން ގެނެސްދިން "ޖަވާބުދާރީ" ޕްރޮގްރާމުގައި އޭނާ ވިދާޅުވި އެވެ.