ސުޖާއުގެ ޓެންޓުގެ މައްސަލަ ބޮޑުވެފައި އޮއްވައި އެޗްޑީސީ އިން ޓެންޓެއް ގަންނަނީ

އަދަދު

11 އޯގަސްޓު 2025 | ހޯމަ | 9:07

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއުގެ ކުންފުންޏަށް ގެނެސްގެން އުޅޭ ޓެންޓެއްގެ މައްސަލަ ބޮޑުވެފައި އޮއްވައި، ވަރަށް ބޮޑު ޓެންޓެއް ގަންނަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިއުލާނެއްކޮށްފި އެވެ.

ސުޖާއުގެ ކުންފުނި އޮފިޝަލް އިވެންޓްސް އިން މިދިޔަ މެއި މަހު ސެންޓްރަލް ޕާކުގައި ޖެހުމަށްފަހު ރޭގެ ވަގުތެއްގައި އެތަނުން ނެގި ޓެންޓަކީ ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޓެންޓެވެ. ނަމަވެސް އެ ޓެންޓުގެ ސައިޒެއް ނޭނގެ އެވެ.

އެޗްޑީސީ އިން ޖުލައި 29، ގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން ގަންނަން ބޭނުންވަނީ 5750 އަކަފޫޓުގެ، 500 މީހުންގެ ޖާގައިގެ ބޮޑު ޓެންޓެއް ކަމަށެވެ. އެއަށްވުރެ ކުދި ބައެއް ޓެންޓު ވެސް ގަންނަން ބޭނުންވާ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

މައުޟޫޢުތަށް