އެމްޕީއެލްގެ 28 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމުގެ ގެއްލުމުގެ ބަދަލު ހޯދަން މަޖިލީހުން އަންގައިފި
އަދަދު
11 އޯގަސްޓު 2025 | ހޯމަ | 10:47
މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ތެރެއިން 2018 ވަނަ އަހަރާއި 2020 ވަނަ އަހަރު ދެމެދު ހިންގި 28 މިލިއަން ރުފިޔާގެ ތެލުގެ ވައްކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން އަންގައިފި އެވެ.
މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލްއިން ހިންގާ އޮޕަރޭޝަންތަކުގެ ބޭނުމަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އުޅަނދުތަކާއި ޖަނަރޭޓަރުތަކަށް ގަތް ޑީސަލްގެ ތެރެއިން ބޮޑު ހިޔާނާތެއް ހިންގާފައިވެ އެވެ. އެ މައްސަލާގައި ހާއްސަ އޮޑިޓެއް ވެސް ވަނީ ހަދައިފަ އެވެ.
މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން އެ ރިޕޯޓު ދިރާސާކޮށް ހުށަހެޅި ރިޕޯޓު މަޖިލީހުގެ ތަޅުމުން ވަނީ ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކުރީ 69 މެންބަރުން ވޯޓާއެކު އެވެ. ރިޕޯޓާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. އެ ރިޕޯޓުގައި ފަސް ފިޔަވަޅެއް އެޅުމަށް ވަނީ އަންގާފަ އެވެ.