ފިކުރީ މުދާ ހިމާޔަތް ކުރަން އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރަން ފާސްކޮށްފި
އަދަދު
11 އޯގަސްޓު 2025 | ހޯމަ | 10:49
ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު" ފާސްކޮށްފި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކުރީ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއިން ގެނައި އަށް އިސްލާހާ އެކު އެވެ. ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހަށް ބިލު ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދެވެ. މި ބިލުގައި އޮތީ ފަސް ބާބެކެވެ.