އެމްއެމްޕީއާރުސީ ހިޔާނާތުން 14 މިލިއަން ބޭނުންކުރި މީހުން ހެއްކާއެކު ހޯދިއްޖެ: ނާޒިމް
އަދަދު
11 އޯގަސްޓު 2025 | ހޯމަ | 10:09
ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީ ހިޔާނާތުގައި ގެއްލުނު 1.4 ބިލިއަން ރުފިޔާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހޯދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު ނާޅާ ކަމަށް ބުނެ މަޖިލީހުގެ އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
"އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ ވަނީ ފާހަގަކުރެވިފައި، އޮޑިޓު ތެރެއިން. އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް ހެއްކާއި ގަރީނާ އާއެކު އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދިފައި،" ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވި އެވެ.