މިނިވަން އޮޑިޓެއް ހަދައި އަގުމަގު ކުރުމަށް ފަހު ނޫނީ މިފްކޯއިން އެންސިސް ކޭނަރީ ނުގަންނަ ޝަމްހީދު ގޮވާލައިފި
އަދަދު
11 އޯގަސްޓު 2025 | ހޯމަ | 10:45
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އެންސިސް ފިޝަރީޒް އިން ހުޅުމާލޭގައި ހިންގި ކޭނަރީ ގަތުމުގެ ކުރިން މިނިވަން އޮޑިޓެއް ހަދައި އެތަނުގެ އަގުމަގު ކުރުމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ގޮވާލައްވައިފި އެވެ.
އެ ކޭނަރީ ގަންނަން އުޅޭކަން މިފްކޯއިން ހާމަކުރީ އޮގަސްޓު 9، ގަ އެވެ. ކޭނަރީ ގަތުމަށްޓަކައި ހަދަން ޖެހޭ ދިރާސާތައް ނިމިފައިވާ ކަމަށް މިފްކޯއިން އެ ދުވަހު ބުނެފައި ވެ އެވެ. ކޭނަރީ ގަންނަ އަގެއް އެ ކުންފުނިން އެ ދުވަހު ހާމައެއް ނުކުރެ އެވެ.
"އަޅުގަނޑު ގޮވާލަން މިނިވަން އޮޑިޓެއް ހަދަން، އިންޑެޕެންޑެންޓް ބައެއް ލައްވައި އެތަނުގެ ވެލުއޭޝަން ހަދަން،" ޝަމްހީދު ވިދާޅުވި އެވެ.