ރައްޔިތުން ބޭނުންވާނަމަ ތާރު ނާޅައި އަދި ގާ ނާޅައި މަގު ހެދިދާނެ: މުއިއްޒު
އަދަދު
11 އޯގަސްޓު 2025 | ހޯމަ | 11:32
އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ނަމަ ތާރު ނާޅައި ނުވަތަ ގާ ނާޅައި މަގުތައް ހެދިދާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ކަމަދޫގެ ރައްޔިތުންނާ މުހާތަބުކޮށް މުއިއްޒު ވިދާޅުވީ އެ ރަށެއްގެ ރައްޔިތުން ބޭނުންވަނީ މަގުތައް ރީތިކޮށް ބޭއްވުމަށްފަހު ބަރާބަރަށް ފެން ހިންދޭ ނިޒާމެއް ގާއިމުކުރުމަށް ކަމަށްވާނަމަ، އެ ކޮންސެޕްޓަށް މަގުތައް ހަދައިދޭނެ ކަމަށެވެ.
"ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑު ކުރިއަށްގެންދާނީ. ރައްޔިތުން ބޭނުންވެލައްވަނީ މަގުތައް ރީތިކޮށް ބޭއްވިފައި އެހެންނަމަވެސް ފެން ބަރާބަރަށް ހިންދޭ ޑްރެއިނެޖް ނިޒާމެއްގެ ތެރެއިން މަގުތައް ދެމެހެއްޓުން ކަމަށްވާކަމަށްވަންޏާ އެ ކޮންސެޕްޓުގައި އެކަން ކުރިއަށްދާނީ،" މުއިއްޒު ވިދާޅުވި އެވެ.