ކުރީ ސަރުކާރުން ހަދާފައި އޮތް އެއްބަސްވުން ބާތިލުކޮށް ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއަށް
އަދަދު
11 އޯގަސްޓު 2025 | ހޯމަ | 6:57
ބ. ތުޅާދޫގައި ގާއިމު ކުރަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމަށް މިދިޔަ ސަރުކާރުން ހަދާފައި އޮތް އެއްބަސްވުން ބާތިލު ކުރުމަށްފަހު އެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ތުޅާދޫގައި ގާއިމު ކުރަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން މިދިޔަ ސަރުކާރުން ހަވާލު ކޮށްފައި އޮތީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކުރީ ޖުލައި 12، 2023 ގަ އެވެ.
ނަމަވެސް އެ އެއްބަސްވުން ބާތިލުކޮށް، ތުޅާދޫގައި ގާއިމު ކުރަން ނިންމާފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ ހަވާލު ކުރީ އެއް އަހަރާއި އަށް މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށް 570 މިލިއަން ރުފިޔާއަށެވެ.