ކުޑަރިކިލުގައި ފުޓްސަލް ދަނޑެއް އޮއްވައި ފުޓްސަލް ދަނޑެއް އަޅަން ކުރި އިއުލާނު ބާތިލްކޮށްފި

އަދަދު

12 އޯގަސްޓު 2025 | އަންގާރަ | 6:59

ބ. އަތޮޅު ކުޑަރިކިލުގައި ފުޓްސަލް ދަނޑެއް އޮތްކަން ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ނޭނގި، އެ ރަށުގައި ފުޓްސަލް ދަނޑެއް އަޅަން ކުރި އިއުލާނު ބާތިލްކޮށްފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރަށް އަމާޒުކޮށް، ކުޑަރިކިލުގައި ފުޓްސަލް ދަނޑެއް އަޅަން، ސްޕޯޓްސް މިނިސްޓްރީން މި ހިނގާ އޮގަސްޓު 7، ގައި ކުރި އިއުލާނު ބާތިލްކުރީ އިއްޔެ މުއިއްޒު އެ ރަށަށް ވަޑައިގެންނެވި ފަހުންނެވެ.

މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރު އިއްޔެ ފެއްޓެވިއިރު، ބ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރަން އިއުލާނުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ކުޑަރިކިލުގައި ފުޓްސަލް ދަނޑެއް އެޅުން ހިމަނާފައި ވާއިރު، އެ ރަށުގައި 2020 ވަނަ އަހަރު އޭރު އޮތް ސަރުކާރުން ފުޓްސަލް ދަނޑެއް ހަދާފައި އޮވެ އެވެ.

މައުޟޫޢުތަށް