ފެކްޓް ޗެކް: މައުމޫނަށް ފަހު ރަސްމީ ހައިސިއްޔަތުން ކަމަދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސްއަކީ މުއިއްޒެއް ނޫން
އަދަދު
12 އޯގަސްޓު 2025 | އަންގާރަ | 9:29
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށްފަހު ރަސްމީ ހައިސިއްޔަތުން ބ. ކަމަދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސްއަކީ މުހައްމަދު މުއިއްޒު ކަމަށް ބުނެ ފަތުރަމުންދަނީ ދޮގެކެވެ.
މުއިއްޒު އިއްޔެ ކަމަދޫއަށް ވަޑައިގެންނެވުމުން، އެމަނިކުފާނަކީ މައުމޫނަށް ފަހު ރަސްމީ ހައިސިއްޔަތުން ކަމަދޫއަށް ވަޑައިގެންނެވި ފުރަތަމަ ރައީސް ކަމަށް ވިދާޅުވީ އެ ރަށު ކައުންސިލުގެ ރައީސް ހަސަން ޒަރީރެވެ.
"ރައީސް މައުމޫނަށް ފަހު ރައީސުލްޖުމްހޫރިއްޔާއަކު ރަސްމީ ހައިސިއްޔަތުން ކަމަދޫއަށް ފަހުގެ ތާރީހެއްގައި ޒިޔާރަތް ކުރެއްވި ރައީސްއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު. އެކަމަށްޓަކައި މަނިކުފާނަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" ޒަރީރު ވިދާޅުވި އެވެ.