ތަމްރީނު ރިޕޯޓުތައް ހުށަނާޅާ ސުޕަވައިޒަރުންނަށް ބާ ކައުންސިލުން ފިޔަވަޅު އަޅަނީ
އަދަދު
12 އޯގަސްޓު 2025 | އަންގާރަ | 10:35
ގާނޫނީ ވަކީލުކަމުގެ ހުވާ ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ތަމްރީނު ފުރިހަމަ ކުރި ކަމުގެ ރިޕޯޓު ހުށަނާޅާ ސުޕަވައިޒަރުން ޖޫރިމަނާކޮށް، ތަމްރީނު ބަލައިގަތުމާ މެދު ގޮތް ނިންމުމުގެ ބާރު ލައިސެންސިން ކޮމިޓީއަށް ލިބޭ ގޮތަށް ބާ ކައުންސިލުގެ ގަވާއިދު ބަދަލުކޮށްފި އެވެ.
ބާ ކައުންސިލުން ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދިނުމާ ބެހޭ ގަވާއިދަށް މި ބަދަލު ގެނައީ، ތަމްރީނު ރިޕޯޓު ހުށަނާޅައިގެން ހުއްދަ ލިބުނު ލަސްވުމުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގަ އެވެ. ގަވާއިދަށް ގެނައި ބަދަލާއެކީ ސުޕަވައިޒަރު ރިޕޯޓު ހުށަނާޅާ ހާލަތުގައި ލައިސެންސިން ކޮމިޓީއަށް ހައްލެއް ދެވޭނެ އެވެ.
ގަވާއިދު ބަދަލުކުރި ނަމަވެސް އާ ގަވާއިދަށް އަމަލުކުރަން ފަށަން އޮތީ އަންނަ އަހަރުން ފެށިގެންނެވެ. އެހެންކަމުން މި ގަވާއިދު ހިނގާނީ އަންނަ އަހަރު ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭ މީހުންނަށެވެ.