ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ބާރުތައް ލިބިދެވޭ ގޮތަށް އޭޖީ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކޮށްފި

އަދަދު

12 އޯގަސްޓު 2025 | އަންގާރަ | 11:45

އެޓާނީ ޖެނެރަލް އޮފީހުގެ ބާރުތަކެއް ރައީސް މުހައްމަދު މުއިއްޒުގެ އަތްމައްޗަށް ނެގުމަށް ގާނޫނަށް ގެނައި ބަދަލުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބަންޑާރަނައިބުގެ އޮފީސް ސިވިލް ސާވިސް އިން ވަކިކޮށް އެ އޮފީހުގެ އުސޫލުތަކަށް ބައެއް އެހެން ބަދަލުތަކެއް އަންނާނެހެން އެކުލަވާލި ގާނޫނު ތަސްދީގު ކުރީ މިއަހަރުގެ އެޕްރީލް 29، ގަ އެވެ. އެ ގާނޫނަށް ބަދަލު ގެނަން ސަރުކާރުން ބިލެއް ހުށަހެޅީ އެ ގާނޫނު ފާސްކޮށް ތަސްދީގުކުރިތާ މަހެއް ނުވަނީހެވެ.

ޕީއެންސީއަށް ނިސްބަތްވާ ފުވައްމަލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހުށަހެޅުއްވި ބިލުގައި، އެ ގާނޫނަށް 14 ބަދަލެއް ގެނައުމަށް އޮތީ ހިމަނާފަ އެވެ. އޭގެ ތެރޭގައި ބަންޑާރަނައިބަށް ލިބިދޭ ބައެއް ބާރުތައް އުނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އެ އޮފީހަށް ނުފޫޒު ފޯރުވޭ ބަދަލުތައް ހިމެނެ އެވެ.

މައުޟޫޢުތަށް