އީޕީއޭގެ ހުރިހާ ބާރެއް މިނިސްޓަރުގެ ދަށަށް ބަދަލުކޮށް އެ އިދާރާ އޮތޯރިޓީއަކަށް
އަދަދު
12 އޯގަސްޓު 2025 | އަންގާރަ | 3:45
ތިމާވެށްޓަށް ފާރަވެރިވުމުގެ ޒިންމާ މަތިކޮށްފައިވާ އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އެންމެހައި ބާރުތައް އެންވަރަމެންޓު މިނިސްޓަރުގެ ދަށަށް ބަދަލުކޮށް އެ އިދާރާ އޮތޯރިޓީއަކަށް ބަދަލުކޮށްފި އެވެ.
ޑިސެމްބަރު 18، 2008، ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ހާއްސަ ގަރާރެއްގެ ދަށުން އުފެއްދި އީޕީއޭ މިހައިތަނަށް ހިންގަމުން ދިޔައީ ގަވާނިން ބޯޑެއްގެ ލަފާގެ ދަށުންނެވެ. އީޕީއޭ އަކީ އަމިއްލަ ހައިސިއްޔަތެއް ލިބިގެން ހިންގަމުންދިޔަ ސައިންޓިފިކް، ރެގިޔުލޭޓަރީ އަދި އެންފޯސްމަންޓް އިދާރާއެކެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ގެންނެވި ބަދަލާއެކު އެ އިދާރާގެ ނަން އެންވަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކޮށް، ހިންގުން ވަނީ އެންވަރަމެންޓު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.