މުއިއްޒުގެ ދަތުރަށް ވ. އަތޮޅު ކައުންސިލުން ކުރި ހަރަދު ނުދޭ ކަމަށް ސޯޝަލް މީޑިއާގައި ޖެހުމުން ފައިސާ ޖަމާކޮށްދީފި

އަދަދު

13 އޯގަސްޓު 2025 | ބުދަ | 9:59

ރައީސް މުހައްމަދު މުއިއްޒު ވ. ފެލިދޫ އަށް ކުރެއްވި ދަތުރުގެ ބައެއް އިންތިޒާމުތައް ހަމަޖައްސަން އަތޮޅު ކައުންސިލުން ކުރި ހަރަދު އަހަރު ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ނުލިބޭ ކަމަށް ސޯޝަލް މީޑިއާގައި ލިޔުމުން ސަރުކާރުން އެ ފައިސާ ޖަމާކޮށްފި އެވެ.

މިދިޔަ އަހަރުގެ މާޗު މަހު މުއިއްޒު ފެލިދޫ އަށް ކުރެއްވި ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސް އޮފީހުން އެދިގެން އަތޮޅު ކައުންސިލުން ކުރި ހަރަދު އަނބުރާ ނުލިބޭ ވާހަކަ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ އެކްސްގައި ލިޔުއްވީ މި މަހު 7 ގަ އެވެ.

އެ ޕޯސްޓުގައި އޭނާ ވިދާޅުވީ "މިހާރު މިއޮތީ [ރައީސް] ރަށް ރަށަށް ވަޑައިގެން ކައުންސިލު ހަރަދުގައި ހުރުމާއި ކެއުން ހަމަޖައްސަން ރައީސް އޮފީހުން އަންގާފައި، ފައިސާ ނުދައްކާ ޒަމާން" ކަމަށެވެ.

މައުޟޫޢުތަށް