މިދިޔަ 26 އަހަރު ތެރޭ މަސްވެރިކަން އެންމެ ދަށްވީ 2024 ގައި، މި އަހަރުގެ މަސްވެރިކަން އަދި އެއަށްވުރެ ދަށް

އަދަދު

13 އޯގަސްޓު 2025 | ބުދަ | 10:50

މިދިޔަ 26 އަހަރު ތެރޭގައި މަސްވެރިކަން އެންމެ ދަށްވީ މިދިޔަ އަހަރު ކަމަށް ފިޝަރީޒް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ނިމިދިޔަ 2024 ވަނަ އަހަރު މަސްވެރިކަން ރިކޯޑު މިންވަރަކަށް ދަށްވިއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މަސްވެރިކަން އަދި މާ ބޮޑަށް ދަށް ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި 1998 ވަނަ އަހަރުން ފެށިގެން 2023 އާ ހަމައަށް ކޮންމެ އަހަރަކު އެވްރެޖުކޮށް 140،000 ޓަނުގެ މަސް ބޭނި އެވެ. އެކަމަކު، ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ބޭނީ އެންމެ 107,666 ޓަނުގެ މަހެވެ.

މައުޟޫޢުތަށް