ހަބަރާއި ފޮޓޯތައް ޑިލީޓުކުރަން މަޖުބޫރުވުމުން ވެސް ހަލީލް ވިދާޅުވީ ގެނައީ ސައުދީގެ ޕްރިންސެއް ކަމަށް

އަދަދު

13 އޯގަސްޓު 2025 | ބުދަ | 9:47

ސައުދީ ޝާހީ އާއިލާގެ އަމީރަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ ރައީސް އޮފީހުން އާންމު ކުރި ހަބަރުތަކާއި ފޮޓޯތައް އެ ގައުމުގެ ސަރުކާރުން އަންގައިގެން ނެގުމަށް ފަހު ވެސް ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރެއްވީ އެ ގައުމުގެ ޕްރިންސަކާ ކަމަށް ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ވިދާޅުވެއްޖެ އެވެ.

ފަހުދު ސައުދު އަލް ޝަލަން ކިޔާ މީހަކު ރާއްޖެ އައީ، ގަތަރުގެ ކުންފުންޏަކާ ހަދަން ހަވާލު ކުރި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް، އެ ޕްރޮޖެކްޓުގެ މޫނުމަތި ރީތި ކުރުމަށެވެ. އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ނޫން ކަން އެއިރު ވެސް ނޫސްތަކުން ބުންޏެވެ.

އެ ކަމާ ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ފޮރިން މިނިސްޓަރާ ސުވާލު ކުރުމުން ވިދާޅުވީ އޭނާއަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލުން ކަމަށެވެ. އެ ސުވާލު އޭނާއާ ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.

މައުޟޫޢުތަށް