އަގު ބޮޑު ކްލާސްރޫމުތަކުގެ މައްސަލަ ނުހިނދެނީސް، އެފްޑީސީއަށް މަލްޓިޕާޕަސް ހޯލެއްގެ މަސައްކަތް

އަދަދު

13 އޯގަސްޓު 2025 | ބުދަ | 12:06

އަމިއްލަ މެޝީނަރީ އާއި ފައިސާ ވެސް ނެތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ދެ ކްލާސްރޫމެއް އަޅަން އަގު ބޮޑުކޮށް ހަވާލު ކުރި މައްސަލަ ނުހިނދެނީސް، ބ. ހިތާދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލެއް އަޅަން މިއަދު ހަވާލުކޮށްފި އެވެ.

ރައީސް މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން ހިތާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ އެމްޑީ ހަމްދާން ޝަކީލެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

ހުރިހާ ހަރަކާތެއް މާލޭގައި މަރުކަޒު ކޮށްފައިވާ އެފްޑީސީއާ މި މަސައްކަތް ހަވާލުކުރިއިރު އެ ކުންފުންޏަކީ ކޮންސްޓްރަކްޝަން މެޝީނަރީ އާއި މަސައްކަތު މީހުންނާއި މި ފަދަ މަސައްކަތްތަކަށް ބޭނުންވާ އެހެނިހެން ސާމާނާއި ވަސީލަތްތަކާއި ތަޖުރިބާ ހުރި ކުންފުންޏެއް ނޫނެވެ.

މައުޟޫޢުތަށް