ދޮންފަނުން މުއިއްޒުއަށް ދިން މެސެޖު: "ކައުންސިލް އިމާރާތަކަށް ވުރެ ލާމަރުކަޒީ މާލީ ބާރުވެރިކަން މާ މުހިއްމު"

އަދަދު

14 އޯގަސްޓު 2025 | ބުރާސްފަތި | 7:45

ބ. އަތޮޅު ދޮންފަނުގެ ތަރައްގީއަށް އޮތް އެންމެ ބޮޑު އުއްމީދަކީ ލާމަރުކަޒީ މާލީ ބާރުވެރިކަން ކަމަށާއި އެއީ ކައުންސިލް އިމާރާތަކަށް ވުރެ މާ މުހިއްމު ކަމެއް ކަމަށް، އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުގައި ދޮންފަނަށް އިއްޔެ ވަޑައިގެން ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި އިރުޝާދު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ބަދަލުކޮށް ކައުންސިލްތަކުގެ ބާރު ހަނިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލާމެދު ނުހަނު ކަންބޮޑުވާ ކަމަށެވެ.

"ކައުންސިލްތަކުގެ އާމްދަނީ ދަށްވާނެ އިސްލާހުތައް ތަސްދީގު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ވަރަށް އަދަބުވެރިކަމާއެކު އަޅުގަނޑު އެދެން،" އިރުޝާދު ވިދާޅުވި އެވެ.

މައުޟޫޢުތަށް