މުދާ ނަގަން ފެށުން؛ ކޯސްޓްލައިންގެ ރަށެއް އަތުލައި ހިތާދޫއަށް ދޭން މުއިއްޒު ނިންމައިފި
އަދަދު
14 އޯގަސްޓު 2025 | ބުރާސްފަތި | 6:49
ރިސޯޓެއް ތަރައްގީ ކުރުމަށް ކޯސްޓްލައިން ކުއްޔަށް ނަގާފައިވާ ބ. އަތޮޅު މާމަޑުއްވަރި އަތުލައި އެ އަތޮޅު ހިތާދޫއާ ހަވާލު ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅަށް ކުރެއްވި ދަތުރުގައި އިއްޔެ ހިތާދޫއަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ޓޫރިޒަމް އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށްފައި އޮތް އެރަށުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ، އެ އެއްބަސްވުން ނިމުމަކަށް ގެނެސް ހިތާދޫއާ ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.
"މި ދެންނެވި އެގްރިމަންޓް، ގާނޫނާއި ގަވާއިދުގެ ތެރެއިން، އޮންނަ އުސޫލުގެ ތެރެއިން، ނިމުމަކަށް ގެނެސް، އެރަށް، މާމަޑުއްވަރި، މި ރަށަށް، ހިތާދުއާ ހަވާލުކުރުމަށް އަޅުގަނޑު ނިންމާ ވާހަކަ ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.