މަޝްރޫއުތައް އެސްއޯއީތަކަށް އެކަނި ދޭތީ އަމިއްލަ ވިޔަފާރިތައް ދަނީ ފުނޑެމުން: ޝާހިދު

އަދަދު

14 އޯގަސްޓު 2025 | ބުރާސްފަތި | 8:26

ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް އެސްއޯއީތަކަށް އެކަނި ދޭތީ އަމިއްލަ ވިޔަފާރިތައް ފުނޑެމުންދާ ކަމަށް އެމްޑީޕީގެ ރައިސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަމައެކަނި ދައުލަތުގެ ކުންފުނިތަކަށް ސަރުކާރުން ހިންގާ މަޝްރޫއުތައް ދިނުމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިސާ ލިބޭނެ ދޮރުތައް ބަންދުވެ، އިގްތިސާދުގައި ފައިސާ ދައުރުވުން މަދުވެ ރައްޔިތުންނަށް ވެސް އޭގެ އަސަރު ކުރަމުންދާ ކަމަށެވެ.

"ތަރައްގީގެ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާއި ހަވާލު ނުކޮށް, ދައުލަތުގެ ކުންފުނިތަކަށް އެކަނި މަޝްރޫއުތައް ހަވާލު ކުރަމުންދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ، އިގްތިސާދުގައި ދައުރުވާ ފައިސާ މަދުވެ، އާންމު ރައްޔިތުންގެ ދިރިއުޅުމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ދަނީ ކުރިމަތިވަމުން،" އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް