މުއިއްޒުގެ ފަރާތުން އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ މޯދީއަށް
އަދަދު
15 އޯގަސްޓު 2025 | ހުކުރު | 10:32
އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ރައީސް ދްރޫޕާދީ މުރްމޫއަށް ފޮނުއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަރުހަބާ އާއި ތަހުނިޔާ ދެންނެވުމަށްފަހު މުއިއްޒު ވިދާޅުވީ އިންޑިއާއަކީ ދިވެހިރާއްޖޭގެ އިތުބާރު ކުރެވޭ ތަރައްގީގެ ޕާޓްނަރެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ އިންޑިއާގެ އިސް އޮފިޝަލުން ރާއްޖެއަށް ވަޑައިގެން، ރާއްޖޭގެ އޮފިޝަލުން އެ ގައުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވާތީ ޝުކުރުވެރިވާ ކަމަށެވެ. އަދި އިންޑިއާގެ ރައްޔިތުންނާއި ދިވެހިންނާ ދެމެދު އޮންނަ ގުޅުމުގެ މުހިންމުކަން ވެސް މުއިއްޒު ފާހަގަ ކުރެއްވި އެވެ.