ލ. ކައްދޫ އެއާޕޯޓު ކައިރީ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 64 އަހަރުގެ އަންހެނެއް މަރުވެއްޖެ

އަދަދު

15 އޯގަސްޓު 2025 | ހުކުރު | 11:45

ލ. ކައްދޫ އެއާޕޯޓަށް ފައިމަގުގައި ދިޔަ ދެ އަންހެނުން ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއްވެ އުމުރުން ދުވަސްވީ އަންހެނަކު މަރުވެއްޖެ އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާގައި މަރުވީ އުމުރުން 64 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާ މަރުވީ ލ. ގަމު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގީ ދެ އަންހެނުން ކައްދޫ އެއާޕޯޓަށް ދާން ޒިބްރާ ކްރޮސްއިން ހުރަސްކުރި ވަގުތު ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް އެ ދެ މީހުން ގައިގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް