ރޯދަ މަހު ހިންގި އެންޓި ޓެރަރިޒަމް އޮޕަރޭޝަނުގައި ހުއްޓުވީ މާލެއަށް ދޭން އުޅުނު ހަމަލާއެއް
އަދަދު
16 އޯގަސްޓު 2025 | ހޮނިހިރު | 12:34
ނިމިދިޔަ ރޯދަ މަހުގެ ތެރޭ މާލެ ސަރަހައްދުގައި ހިންގި އެންޓި ޓެރަރިޒަމް އޮޕަރޭޝަނުގައި ހުއްޓުވީ މާލެއަށް ދޭން އުޅުނު ހަމަލާއެއްކަން އެނގިއްޖެ އެވެ.
މާޗު 10، ގެ ރޭ މާލެ އާއި ހުޅުމާލޭގައި ހިންގި މި އޮޕަރޭޝަނުގައި އެކި ތަންތަން ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކުރި އެވެ. އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި އެ އޮޕަރޭޝަނުގައި މާލެ އާއި ކައިރި ރަށަކަށް ދޭން އުޅުނު ޓެރަރިސްޓު ހަމަލާއެއް ހުއްޓުވިކަމަށް ދައުލަތުން ބުނީ އެ މީހުންގެ މައްޗަށް ކުރި ދައުވާގަ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިދިޔަ މަހު ބުނި ގޮތުގައި ދައުވާ ކުރުމާމެދު ޖުލައި 7، ގައި ގޮތެއް ނިންމި އެވެ. ނަމަވެސް އޭގެ ފަހުން މި މައްސަލައިގެ އަދި ދައުވާގެ ތަފުސީލު ހޯދުމަށް އެ އޮފީހުގައި އެދުމުން ރަސްމީ އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.