ކުނި މެނޭޖުކުރުމުގެ ބަދަލެއްގެ ގޮތުން ރަށްރަށުގައި ގެސްޓްހައުސް ހިންގަން ވެމްކޯއަށް ބިން ހޯދަނީ
އަދަދު
16 އޯގަސްޓު 2025 | ހޮނިހިރު | 11:33
ރަށުގައި އުފެދޭ ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމުގެ ބަދަލެއްގެ ގޮތުން އެ ރަށްރަށުގައި ގެސްޓްހައުސް ހިންގަން ބިން ދިނުމާމެދު ކައުންސިލްތަކާއެކު މަޝްވަރާކުރަން ފަށައިފި އެވެ.
މި ނޫހަށް ކަށަވަރު ވެފައިވާ ގޮތުގައި ވެމްކޯއިން ދަނީ މި ހުށަހެޅުން ހިމަނައިގެން ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމަށް ކައުންސިލްތަކަށް އެގްރީމެންޓު ފޮނުވަމުންނެވެ. ސަރުކާރު ކުންފުންޏެއް ކަމުން ބިންތައް ހިލޭ ދިނުމަށް އެދިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
ގެސްޓްހައުސް އެޅުމަށް ބިން ހޯދުމުގެ މަޝްވަރާތައް ކުރަމުންދާ އެއް ރަށަކީ މާލެ ސަރަހައްދުގައި ގެސްޓްހައުސްގެ ވިޔަފާރީގައި މަޝްހޫރު ތުލުސްދޫ އެވެ. އެފަދަ މަޝްވަރާތަކެއް ކުރެވެމުންދާކަން އެ ރަށު ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވަނީ އަދަދު ނޫހަށް ކަށަވަރުކޮށްދީފަ އެވެ.