މެއި މަހު ބޭނުން ކުރަން ފަށާނެ ކަމަށް ބުނި ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް އަދިވެސް ބޭނުން ނުކުރޭ
އަދަދު
16 އޯގަސްޓު 2025 | ހޮނިހިރު | 11:40
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަރަދު ކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، މެއި މަހު ބޭނުންކުރަން ފަށާނެ ކަމަށް ބުނި މެލޭޝިއާގެ ބެސްޓިނެޓްގެ އެކްސްޕެޓް ސިސްޓަމް އަދިވެސް ބޭނުން ކުރަން ނުފެށޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު، އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ބެސްޓިނެޓްގެ އެކްސްޕެޓު ސިސްޓަމް ބޭނުން ކުރަން ފެށޭނެ ދުވަހަކާ ގުޅޭގޮތުން އިހުސާންއާ އަދަދު އިން ސުވާލުކުރުމުން ވިދާޅުވީ އެކްސްޕެޓް ސިސްޓަމް ބޭނުންކުރަން ފަށާނީ މިނިސްޓްރީން ގެންނަން ބޭނުންވާ ބަދަލުތައް ބެސްޓިނެޓުން ގެނެސް ނިމުމުން ކަމަށެވެ.
"އަަޅުގަނޑުމެން ފަށާނީ ބޭނުންވާ ޗޭންޖަސް ގެނެވުނީމަ. އަޅުގަނޑުމެން ވެސް އެބަ ގެންނަން ބައިވަރު ސިސްޓަމް ޗޭންޖަސްތަކެއް އޭޒް ވީ ގޯ. ދެން އެ ޗޭންޖަސްތަކާ އެކުގައި ނޫނިއްޔާ އަޅުގަނޑުމެން އެކްސެޕްޓެއް ނުކުރާނަން އިންޕްލިމެންޓޭޝަނަކަށް،" އިހުސާން ވިދާޅުވި އެވެ.