"އަދަދު" އަށް ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޔާމީންއާ ދެކޮޅަށް ގާސިމް ގާނޫނީ ފިޔަވަޅު އަޅަނީ

އަދަދު

16 އޯގަސްޓު 2025 | ހޮނިހިރު | 2:11

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި އޭނާގެ ދަރިކަލުން ސިޔާދް ގާސިމްއާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކާ ގުޅިގެން އެޅޭނެ ގާނޫނީ ފިޔަވަޅެއް ބަލަމުންދާ ކަމަށް ޖޭޕީން ބުނެފި އެވެ.

ޖޭޕީން ބުނީ ގާސިމް އާއި ސިޔާދުއާ ބެހޭ ގޮތުން އަދަދު ނޫހުން ގެނެސްދިން އެތެރެފުށް ޕްރޮގްރާމްގައި ޔާމީން ދެއްކެވީ ސާބިތު ނުހިފޭ ދޮގު ބުހުތާނު ވާހަކަތަކެއް ކަމަށްވާތީ، އެކަމާ ގުޅިގެން އެޅޭނެ ގާނޫނީ ފިޔަވަޅަކީ ކޮބައިތޯ އެ ޕާޓީގެ ގާނޫނީ ޓީމުން ބަލަމުންދާ ކަމަށެވެ.

"ގާސިމް އިބްރާހީމް އާއި އެ މަނިކުފާނުގެ ދަރިކަލުންނާ ބެހޭގޮތުން ދައްކާފައިވާ ސާބިތު ނުހިފޭ ދޮގު ބުހުތާނު ވާހަކަ ދައްކާފައިވާތީ މިކަމާ ގުޅިގެން ޔާމީނާ ދެކޮޅަށް ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ޖޭޕީ ގާނޫނީ ބޭފުޅުންގެ ފަރާތުން ބަލަމުން އެބަދަން،" އެ ޕާޓީން ބުންޏެވެ.

މައުޟޫޢުތަށް