55 ރަށުގެ ކައުންސިލް އިމާރާތް އަޅަން އާރުސީސީއާ ހަވާލުކުރީ 631 މިލިއަން ރުފިޔާއަށް

އަދަދު

16 އޯގަސްޓު 2025 | ހޮނިހިރު | 10:14

ކައުންސިލް އިމާރާތްތަކަށް އަޅަން މެލޭޝިއާގެ ކުންފުންޏަކާއެކު ވީ އެއްބަސްވުން ބާތިލުކުރުމަށް ފަހު، އާންމުކޮށް އިއުލާނު ނުކޮށް އެ މަޝްރޫއު ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އާރުސީސީއާ ހަވާލުކުރީ 631 މިލިއަން ރުފިޔާއަށް ކަން އެނގިއްޖެ އެވެ.

މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އިން ކޮންސްޓްރެކްޓާ ފައިނޭންސިންގެ އުސޫލުން 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރީ، މި އަހަރުގެ ޖެނުއަރީ 20، ގަ އެވެ. އެ އެއްބަސްވުން ފަހުން ބާތިލުކުރީ ކުންފުނިން ހަބަރެއް ނުވެގެންނެވެ.

އެއްބަސްވުން ބާތިލުކުރުމަށްފަހު ސަރުކާރާއި ގާތް ގުޅުމެއް އޮންނަ ނާޒިމްގެ ކުންފުންޏަށް މަޝްރޫއު ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ މިދިޔަ މަހު އެވެ. އެއްބަސްވުމަކަށް އައިސް ސޮއިކުރީ މިއަދު އެވެ.

މައުޟޫޢުތަށް