ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ ނަމުގައި އިދާރާއެއް އުފައްދައިފި

އަދަދު

17 އޯގަސްޓު 2025 | އާދިއްތަ | 1:32

ދިވެހީންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަގުސަދުގައި ކަމަށް ބުނެ، ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ ނަމުގައި ހާއްސަ އިދާރާއެއް ރައީސް މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ އިދާރާ ހިންގަމުން ދާނީ ދިވެހި ބަހާއި ތަރިކައާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ.

އެ އިދާރާ އުފެއްދީ "ދިވެހި ގައުމިއްޔަތު އާލާ ކުރުމުގެ ގައުމީ ނިޒާމު" ގެ ތެރެއިން ދިވެހި ބަހާއި ތާރީހާއި ތަރިކަ އާއި އާދަކާދަތަކުގެ އިތުރުން ގައުމިއްޔަތުގެ އިލްމެއް އުފަންކޮށް ދިރުވައި އާލާ ކުރުމަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މައުޟޫޢުތަށް