މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކުރުވަން ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ފަސް ޒުވާނަކަށް
އަދަދު
17 އޯގަސްޓު 2025 | އާދިއްތަ | 2:19
ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރެ، ކަމާއި ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ވޯލްޑް ބޭންކްގެ އެހީގައި ކުރިއަށްގެންދާ "ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދާ އެ ޕްރޮގްރާމަކީ ތިން މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.
ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ މަސްވެރިކަމުގެ ސިނާއަތުގައި ޝައުގުވެރިވާ 24 އަހަރުން ދަށުގެ ޒުވާނުންނަށެވެ. އެ މީހަކީ މަސްވެރިންގެ ދަފްތަރުގައި ހިމެނިފައި ނުވާ މީހަކަށް ވެސް ވާން ޖެހޭނެ ކަމަށް ޝަރުތުތަކުގައި ބަޔާންކޮށްފައި ވެ އެވެ.