އެންވަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޗީފް އެޑްމިނިސްޓްރޭޓަރެއް ހޯދަނީ
އަދަދު
17 އޯގަސްޓު 2025 | އާދިއްތަ | 2:26
އެންވަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) ގެ އެންމެ އިސް އިދާރީ މުވައްޒަފުގެ މަގާމަށް މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ގެޒެޓުކުރި އިއުލާނުގައި އެދިފައި ވަނީ އެ މަގާމަށް ޝައުގުވެރިވާ މީހުން މި މަހުގެ 26 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެ ކޮމިޝަނަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމަށެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސާވިސްގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އީއާރްއޭގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި އެ މަގާމުގެ ޝަރުތުގެ އިތުރުން އެ މަގާމުގެ މަސްއޫލިއްޔަތުތައް ވެސް އެ އިލާނާއެކު އާންމުކޮށްފައި ވެ އެވެ.