ގާނޫނުން މަނާކޮށްފައި އޮއްވައި މުލަކު ކައުންސިލުން ހަތަރު ބިމެއް ކުއްޔަށް ދޫކުރަން އިއުލާނުކޮށްފި

އަދަދު

18 އޯގަސްޓު 2025 | ހޯމަ | 10:27

ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކުން މަނާކޮށްފައި އޮއްވައި މ. މުލަކު ކައުންސިލުން 10 އަހަރަށް ހަތަރު ބިމެއް ކުއްޔަށް ދޫކުރަން އިއްޔެ އިއުލާނުކޮށްފި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ކައުންސިލެއްގެ އުމުރުގައި ބާކީ އެއް އަހަރު ނެތް ނަމަ އެ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ އެއްވެސް ސަރަހައްދެއް ކުއްޔަށް ދޫކުރަން މަނާ ވެ އެވެ.

މުލަކު ކައުންސިލުން އިއުލާނު ކުރީ މަސްވެރިކަމާ ގުޅޭ މަސައްކަތް ކުރަން ހަތަރު ބިމެއް ކުއްޔަށް ދޫކުރުމަށެވެ. އެއީ މީގެ ކުރިން ވެސް ކުއްޔަށް ދޫކޮށް، މިހާރު މުއްދަތު ހަމަވެފައި ހުރި ބިންތަކެކެވެ. މުލަކު ކައުންސިލުން ދެކެނީ މީގެ ކުރިން ވެސް އެ ބިންތައް ކުއްޔަށް ދޫކޮށްފައިވާތީ، މުއްދަތު ހަމަވެގެން އަލުން ކުއްޔަށް ދޫކުރުން ގާނޫނުން މަނާނުވާނެ ކަމަށެވެ.

މައުޟޫޢުތަށް