ދަނޑުވެރިކަމާ ގުޅުންހުރި ދެ ދާއިރާއަކުން ސްކޮލާޝިޕަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އަދަދު
18 އޯގަސްޓު 2025 | ހޯމަ | 10:03
ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ގުޅިގެން ހިންގާ ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން މި ޕްރޮޖެކްޓްގެ މި ބުރުގައި ފުރުސަތު ހުޅުވާލި ދެ ދާއިރާއަކީ އެގްރިކަލްޗަރަލް ސައިންސް އާއި އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) އެވެ. މި ކޯސްތަކުގެ ޝަރުތަކީ ޖީސީއީ އޯލެވެލްގެ ފަސް މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމާއި އަދި ޖީސީއީ އޭލެވެލްގެ ތިން މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމެވެ.
މި ސްކޮލާޝިޕަށް ހޮވޭ ފަރާތްތަކުގެ ކޯސް ފީ އާއި، ބުކް އެލަވަންސާއި އެސްޓަބްލިޝްމަންޓް އެލަވަންސްގެ އިތުރުން ސްޓައިޕަންޑް ހަރަދުތައް ހަމަޖައްސައިދޭނީ މިނިސްޓްރީންނެވެ. ސްކޮލާޝިޕް ހަމަޖައްސާނީ އޭޝިއާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގައި ހިމެނޭ ގައުމަކުންނެވެ.