ސިވިލް ސާވިސް ކޮމިޝަނަށް އައްޔަންކުރަން މުއިއްޒު ފޮނުވި ނަންތަކުގެ ތެރޭގައި ހެލްތު މިނިސްޓަރު ނާޒިމްގެ އަނބިކަނބަލުން
އަދަދު
18 އޯގަސްޓު 2025 | ހޯމަ | 12:05
ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ހެލްތު މިނިސްޓަރު ޑރ. އަބްދުالله ނާޒިމްގެ އަނބިކަނބަލުން ޑރ. ދީބާ މޫސާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ސީއެސްސީގެ ތިން މެންބަރެއްގެ ދައުރު ސެޕްޓެމްބަރު މަހަށް ހަމަވާތީ އެ މަގާމުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ހަ ނަމެއް މުއިއްޒު ވަނީ މަޖިލީހަށް މިއަދު ފޮނުވާފަ އެވެ. އެ މަގާމުތަކަށް ކުރިމަތިލީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.
ތިންވަނައަށް އިސްކަން ދީފައި އޮތް ނަމަކީ މުއިއްޒުގެ ކެބިނެޓުގައި އިންނަވާ ހެލްތު މިނިސްޓަރު ނާޒިމްގެ އަނބިކަނބަލުންގެ ނަމެވެ. އޭނާއަކީ ތައުލީމި ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން ގިޔާސުއްދީން ސްކޫލާއި ވިލާ ކޮލެޖުގައި ވެސް މަސައްކަތް ކުރެއްވި އެވެ. މިހާރު ހުންނެވީ އިސްލާމިކް ޔުނިވާސިޓީގެ އެކަޑެމިކް ޑީންގެ މަގާމުގަ އެވެ.