މިމަހު ފަށަން ބުނި ސަރުކާރުގެ ޓެކްސީ ލައިނުގެ ހިދުމަތް ފަށާނެ ތާރީހެއް ނުބުނެދެވުނު
އަދަދު
18 އޯގަސްޓު 2025 | ހޯމަ | 6:06
ސަރުކާރުން ޓެކްސީ ކުރުމުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމައި މި ހިނގާ އޯގަސްޓު މަހުގެ ތެރޭގައި ފަށާނެ ކަމަށް ބުނި ޓެކްސީ ލައިނު ފަށާނެ ތާރީހެއް ޓްރާންސްޕޯޓް މިނިސްޓްރީއަކަށް ނުބުނެދެވުނެވެ.
ސަރުކާރުން ދޭން އުޅޭ ޓެކްސީގެ ހިދުމަތް ފަށާނެ ތާރީހެއް އޮޅުންފިލުވުމަށް އަދަދު އިން ޓްރާންސްޕޯޓް މިނިސްޓްރީއަށް ގުޅުމުން ބުނެފައި ވަނީ އެ މަޝްރޫއުގެ ތަފުސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.
މީގެ ހަތަރު މަސްދުވަސް ކުރިން އޭޕްރީލް މަހުގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެންމެ ފުރަތަމަ ވިދާޅުވީ ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި ޓެކްސީ ލައިނު ފަށާނެ ކަމަށެވެ.