އިންޑިއާ އައުޓް ޓީޝާޓު ނުލާ ކަމަށް ބުނެ މަޖިލީހުގައި ހަލީލު ދޮގުހެދުމުން އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި
އަދަދު
18 އޯގަސްޓު 2025 | ހޯމަ | 11:02
އިންޑިއާ އައުޓުގެ ނަމުގައި ބޭއްވި އިހުތިޖާޖުތަކުގައި ބައިވެރިވި ނަމަވެސް "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓެއް ލައިގެން އެއްވުމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި ފޮރިން މިނިސްޓަރު އަބްދުالله ހަލީލް ދޮގުހެދުމުން އޭނާއާ ދެކޮޅަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފި އެވެ.
އިންޑިއާ އައުޓް ޖެހި ޓީޝާޓެއް ލާފައިނުވާނެ ކަމަށް ހަލީލު ވިދާޅުވީ އޮގަސްޓު 13، ގައި އޮތް މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށް ސުވާލުކުރުމުންނެވެ. އެ ދުވަހު އޭނާ ހާޒިރުކުރީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އިމްތިޔާޒުގެ މައްސަލަ ހުށަހެޅީ ވެސް މީކާއިލް އެވެ.
މީކާއިލް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު ބޭއްވި މުޒާހަރާއެއްގެ ތެރެއިން ހަލީލު އިންޑިއާ އައުޓް ޓީޝާޓެއް ލައިގެން ހުރި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ކަމަށެވެ.