"އަދަދު"، "މިހާރު" އަދި "ދައުރު" ނޫހުގެ ނޫސްވެރިން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިން އިހުތިޖާޖު ކުރަނީ
އަދަދު
19 އޯގަސްޓު 2025 | އަންގާރަ | 9:58
މިނިވަން މީޑިއާ ނެތިކޮށްލުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން "އަދަދު"، "މިހާރު" އަދި "ދައުރު" ނޫހުގެ ނޫސްވެރިން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިން ހިމޭން އިހުތިޖާޖެއް ކުރަން ފަށައިފި އެވެ.
ސަރުކާރުން ފަރުމާކުރި މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރާ ނޫސްވެރިން ތިބީ މަޖިލީހުގެ ގެލެރީގަ އެވެ. ބައެއް ނޫސްވެރިން ތިބީ ބިލާ ދެކޮޅަށް ޝުއޫރު ފާޅުކޮށް ލިޔެފައިވާ ބޯޑުތައް ހިފަހައްޓައިގެން ތިބިއިރު، ބައެއް ނޫސްވެރިން ތިބީ ނުރުހުމުގެ ނިޝާނެއްގެ ގޮތުން އަނގަ މަތީގައި އަތް އަޅައިގެންނެވެ.
މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ހުށަހެޅި އެ ބިލަށް ވަރަށް ގިނަ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. ބިލު އަނބުރާ ގެންދަން މީޑިއާ ކައުންސިލުން ވެސް ވަނީ ގޮވާލައިފަ އެވެ.