މީޑިއާ ނެތިކޮށްލާ ބިލު: މުއިއްޒަށް ސިޓީއެއް ހަވާލު ކުރަން ނޫސްވެރިން ރައީސް އޮފީހަށް
އަދަދު
19 އޯގަސްޓު 2025 | އަންގާރަ | 11:12
މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ސަރުކާރުން ރާވަގައިގެން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމުން، ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ހަވާލު ކުރަން ނޫސްވެރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ގޮސްފި އެވެ.
ރައީސް އޮފީހަށް މިއަދު ދިޔަ ނޫސްވެރިންގެ ތެރޭގައި "އަދަދު" އާއި "މިހާރު" އަދި "ދައުރު" ގެ ނޫސްވެރިން ހިމެނެ އެވެ. ނޫސްވެރިން ރައީސް އޮފީހަށް ދިޔައީ ރައްޔިތުންގެ މަޖިލީހުގައި ހިމޭން އިހުތިޖާޖެއް ކުރުމަށްފަހު އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މި ބިލާ ގުޅޭ ގޮތުން ނޫސްވެރިންގެ ހިޔާލު ރައީސް މުއިއްޒަށް ކިޔައިދިނުން. މިހާރު މިތާ ތިބެގެން މި ސިޓީ ލިޔަނީ. އަޅުގަނޑުމެން ދާނީ ސިޓީ ރައީސް އޮފީހާ ހަވާލުކޮށްފަ،" ރައީސް އޮފީހުގައި މިވަގުތު ހުރި ނޫސްވެރިޔަކު ބުންޏެވެ.