މީޑިއާތައް އުވާލެވޭ ބިލަކީ ނޫސްވެރިކަމަށް ދެވޭ ހަމަލާއެއް، މިނިވަން ނޫސްވެރިކަން ނައްތާލާނެ: ސޯލިހު
އަދަދު
19 އޯގަސްޓު 2025 | އަންގާރަ | 8:24
މީޑިއާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ނޫސްތަކުގެ ރަޖިސްޓްރީ ބާތިލުކުރެވޭ ގޮތަށް ހުށަހަޅާފައިވާ ބިލަކީ ނޫސްވެރިކަމަށް ދެވޭ ހަމަލާއެއް ސިފަކޮށް، އެ ބިލު އަނބުރާ ގެންދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.
ސަރުކާރު އަޑީގައި އޮވެގެން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމުގައިވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. މިއީ އޭނާ މި ފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ދެ ވަނަ ފަހަރެވެ.
މި ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި ސޯލިހު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މީޑިއާތައް އުވާލައި ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް އޮތް މި ބިލުން މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ކަމަށެވެ.