ހުލާސާކޮށް އިއްޔެ: 63 ރަށެއްގެ ފިޓްނަސް ސެންޓަރު އެޅުން އެމްއެސީއެލްއާ ހަވާލުކޮށް ކުންފުނި ހަމައިން ނައްޓުވާލަނީ
އަދަދު
20 އޯގަސްޓު 2025 | ބުދަ | 5:56
އެއާޕޯޓް ހިންގަން އުފައްދާފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ 63 ރަށެއްގައި ފިޓްނަސް ސެންޓަރު އަޅަން އިއްޔެ ހަވާލުކުރި އެވެ.
އެމްއޭސީއެލްގެ ތަސައްވަރުގެ ތެރޭގައި ހިމެނެނީ ދުނިޔޭގެ ފެންވަރުގެ އެއާޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމެވެ. އެ ކުންފުނީގެ މެންޑޭޓުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ރަށްރަށުގައި ހިންގުމެއް ނޯވެ އެވެ.
ރާއްޖޭގެ އެންމެ މުއްސަނދި ކުންފުންޏާ މަޝްރޫއުތައް ހަވާލުކުރީ، ކައުންސިލް އިންތިހާބު ގާތްވަމުން އަންނައިރު، މި ސަރުކާރުން ވައުދުވެފައި އޮތް މަޝްރޫއުތައް ރަށްރަށުގައި ނުހިންގިގެން ރައްޔިތުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.