އަތޮޅު ކައުންސިލުގެ އެއްވެސް ބޭނުމެއް ނެތް، ފެށޭ ދައުރުގައި އުވާލަން ހުށަހަޅާނަން: މުއިއްޒު
އަދަދު
20 އޯގަސްޓު 2025 | ބުދަ | 7:31
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގޮތުން ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ އަތޮޅު ކައުންސިލްތައް އުވާލުމަށާއި ލާމަރުކަޒީ ގާނޫނަށް އިތުރު ބަދަލުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ސެޕްޓެމްބަރު މަހު ފަހުކޮޅުގައި ފަށާނެ އެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު މަތިވެރީގައި އިއްޔެ ވާހަަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ "އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން،" ކަމަށެވެ.